އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި މަސައްކަތް ކުރަމުންދާ ބަޔޯމެޑިކަލް އިންޖިނިއަރަށް އުހޫރައިގެ ގޮތުގައި ދޭންޖެހޭ މުސާރާ ނުދޭތާ ތިން މަސް ވެފައިވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެޗްޕީޔޫން ބުނީ އޭނާ އޭއީއެޗަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށާއި ފާއިތުވި ތިން މަސް ދުވަހު އޭނާ އަށް މުސާރައެއް ވެސް ނުދޭއިރު، ފުޑް އަދި އެކޮމޮޑޭޝަނަށް އެއްވެސް އެލަވެންސެއް ވެސް ދީފައި ނުވާ ކަމަށެވެ.
އެމްއެޗްޕީޔޫން ވަނީ އިންސާނީ ހައްގުތަކާ ހިލާފު މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބެލުމަށް ވެސް ވަނީ ގޮވާލާފައެވެ.
https://twitter.com/MaldivesHPU/status/1383464534120144899
އެމްއެޗްޕީޔޫން މިކަން ފެންމަތިކޮށްފައިވާއިރު އެ ޔޫނިއަނުން ވަނީ ކޯވިޑް-19 ގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި "ފްރޮންޓްލައިން އެލެވެންސް" ބައެއް ވޮލެންޓިއަރުންނާއި މުވައްޒަފުންނަށް ނުލިބި ގިނަ ދުވަސްތަކެއް ވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ކޯވިޑް-19ގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ތިން ގިންތިއަކަށް ބަހައިލާގެން އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް