ބ. މާޅޮސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވޭމަންޑޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
އެޗްޕީއޭއިން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މާޅޮހު ގެސްޓު ހައުސްއެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ދެ ޓޫރިސްޓަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމުން ކަމަށެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް ބުނެފައިވެ އެވެ.
އެ ދެ ޓޫރިސްޓުންނާއި ގުޅުން ހުރި މީހަކު މިހާތަނަށް އެ ރަށުން ޕޮސިޓިވްވި ކަމެއް އަދި ނޭނގެ އެވެ.
މާޅޮހާއި އެކު މިވަގުތު 15 ރަށެއްގެ މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ. އެއީ ކ. އަތޮޅުގެ ދެ ރަށަކާއި، ޅ. އަތޮޅުގެ ހަތަރު ރަށެއްގެ އިތުރުން އދ. އަތޮޅުގެ ރަށަކާއި ތ. އަތޮޅުގެ ހަ ރަށެކެވެ.
މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް މިހާރު ފެންނަމުންދަނީ ތ. އަތޮޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް