ބޮލީވުޑްގައި އެންމެ މަގުބޫލު ފިލްމުތައް އުފައްދާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންއިން ކާރްތިކް އާރްޔާން އެކު މަސައްކަތް ނުކުރުން ނިންމައިފި އެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ ކޮއްލިން ޑީކުންހަ އެވެ.
2019 ވަނަ އަހަރު އިއުލާން ކުރި ދަރްމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2"ގެ ލީޑް ރޯލް ކުޅެން ހަމަޖެހިފައި އޮތީ ކާރްތިކް އާއި ޖާންވީ ކަޕޫރެވެ. އެ ފިލްމުގެ މަސައްކަތް ކޯވިޑް-19 ގެ ލޮކްޑައުނާއި ގުޅިގެން ހުއްޓުނުގޮތަށް މިހާރު ނުފެށިގެން އުޅެނީ ކާރްތިކްގެ ސަބަބުން ކަމަށްވެ އެވެ.
އެ މައްސަލައިގަ ކަރަން އާއި ކާރްތިކް އާއި ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ މެދުގައި މައްސަލަ ޖެހެން ފެށީ ލޮކްޑައުނަށް ފަހު ފިލްމުގެ މަސައްކަތް ފެށުން ލަސް ކުރުމަށް ކާރްތިކް މަސައްކަތް ކުރުމާއި ފިލްމަށް ވަގުތު ނުދީ ބިޒީ ޝެޑިއުލްއެއްގައި އުޅޭތީ އެވެ.
އެކަމަކު ދަރްމާ ޕްރޮޑަކްޝަންގެ ފިލްމު ކުރިޔަށް ގެންދަން ބަހަނާ ދެއްކި ނަމަވެސް ކާރްތިކް ވަނީ ލޮކްޑައުނަށް ފަހު ފިލްމު "ދަމާކާ" ގެ ޝޫޓިން ނިންމާލާފައި އެވެ. ކާރްތިކް މިހާރު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ކުރާނީވެސް އެ ފިލްމެވެ.
ކާރިތް އަމަލު ކުރި ގޮތުން ދަރްމާއިން ވަނީ ބަޔާނެއް އާންމުކޮށް ފިލްމު "ދޯސްތާނާ 2" ގެ ކާސްޓުން ބަދަލު ކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފައި އެވެ. އަދި ކާރްތިކް އާއި އެކު ދެން އެ ކުންފުނިން މަސައްކަތް ނުކުރާނެ ކަމަށް ބުނެ އެވެ.
ފިލްމު "ދޯސްތާނާ 2" ގެއްލުމުން މިހާރު ކާރިތް އަތުގައި ކުރިޔަށް މަސައްކަތް ކުރަން އޮތީ އެންމެ ފިލްމެކެވެ. އެއީ ބޫޝަން ކުމާރް ޕްރޮޑިއުސް ކުރާ ފިލްމު "ބޫލް ބުލަންޔާ 2" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް