ޔޫތު މިނިސްޓްރީން އިއުލާނުކޮށްގެން ހޯދި ވޮލަންޓިއަރުންނާއެކު ފިހާރަތަކުން ގެތަކަށް ޑެލިވަރީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ އިހްސާން ފިހާރައިންނެވެ. ވޮލަންޓިއަރުންގެ ޓީމާއެކު މިނިސްޓަރު މަހްލޫފްވެސް އަންނަނީ ބައިވެރިވަމުންނެވެ.
ވޮލަންޓިއަރުން ހޯދަން ކުރި އިއުލާނާއެކު 300 އަށްވުރެ ގިނަ ވޮލަންޓިއަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތް މި ފަށަނީ އިހްސާން ފިހާރައިން ކަމަށާއި މިރޭ 08:30 އިން ފެށިގެން ވީބީ މާޓުން މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޑެލިވަރީ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފިހާރަތަކުން 7335426 އަށް ގުޅުމުން ވޮލަންޓިއަރުންގެ އެހީތެރިކަން ލިބޭނެ ކަމުގައިވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.
https://twitter.com/AhmedMahloof/status/1251521727185612802
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް