ހަފްތާއަކު ތިން ދުވަހު އައިޖީއެމްއެޗުން އޮންލައިން ކްލިނިކްގެ ހިދުމަތް ދެނީ

ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކް ޑައުން ކުރުމުން އައިޖީއެމްއެޗުން އޮންލައިންކޮށް ކްލިނިކްތަކުގެ ހިދުމަތް ދޭން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ މިހާރުވެސް ނަފްސާނީ ބަލިތަކާއި އަންހެނުންގެ ހާއްސަ ...

18 Apr 2020 | 14:36

ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކް ޑައުން ކުރުމުން އައިޖީއެމްއެޗުން އޮންލައިންކޮށް ކްލިނިކްތަކުގެ ހިދުމަތް ދޭން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިހާރުވެސް ނަފްސާނީ ބަލިތަކާއި އަންހެނުންގެ ހާއްސަ ބަލިތަކުގެ ކްލިނިކްތަކުން އޮންލައިންކޮށް ހިދުމަތް ދެމުންދާ ކަމަށެވެ. އެއީ ހެނދުނު8:30 އާއި12:00 އާއި ދެމެދު އެވެ.

އަލަށް އަންނަ ހަފްތާގައި އޮންލައިންކޮށް ހިދުމަތްދޭން ފެށުމަށް ހަމަޖެހިފައިވަނީ:

ކުދަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

އެތެރެހަށީގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

ކެންސަރު ބައްޔާ ބެހޭ ޑިޕާޓްމަންޓު

ފުއްޕާމޭގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

ހިތުގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

ނާރުގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

ކިޑްނީގެ ބަލިތަކާއި ބެހޭ ޑިޕާޓްމަންޓު

މި ކްލިނިކްތަކުގެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު އެވެ. އޮންލައިން ކޮށް ކްލިނިކްތަކުން ހިދުމަތް ދޭނީ ހެނދުނު9:00 މެންދުރު1:00 އަށެވެ.

އައިޖީއެމްއެޗުން ބުނީ ކޮންމެ ދުވަހަކުވެސް10-15 އާއި ދެމެދުގެ އަދަދަކަށް މީހުންނަށް އޮންލައިންކޮށް ފަރުވާ ދޭނެ ކަމަށެވެ. ހޮސްޕިޓަލުން ގުޅާނީ އެޕޮއިންޓްމެންޓު ހައްދާފައިވާ ތަރުތީބުންނެވެ.

އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ކުރިޔަށް ދާނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. އޭޑީކޭގައި މި ހިދުމަތް ވަނީ މިދިޔަ މަހުގެ28 ވަނަ ދުވަހު ފަށާފައި އެވެ.

އިތުރު މައުލޫމާތު ހޯދުމަށް އައިޖީއެމްއެޗުގެ ނަމްބަރު3335335 ނަމްބަރު ފޯނަށް ގުޅުމަށް އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް