ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު އެއްކުރުމުގައި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ބޭނުން ކުރާނެ، ތައްޔާރަށް ތިއްބަވާ: އެޗްޕީއޭ

ކޯވިޑް-19 މާލެތެރޭގައި ފެތުރެން ފަށާފައިވާއިރު ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތުދެއްވުމަށް ކޮންމެ ބޭފުޅަކުވެސް ތައްޔާރަށް ތިއްބެވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޮނ...

18 Apr 2020 | 14:35

ކޯވިޑް-19 މާލެތެރޭގައި ފެތުރެން ފަށާފައިވާއިރު ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތުދެއްވުމަށް ކޮންމެ ބޭފުޅަކުވެސް ތައްޔާރަށް ތިއްބެވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު އެއް ކުރުމުގައި އެޗްޕީއޭގެ އޮފިޝަލް ސޯޝަލް އެކައުންޓްތައްވެސް ބޭނުން ކުރާނެ ކަމަށާއި އަދި އެފަދަ މައުލޫމާތު ހޯދުމަށް ސަރުކާރުތެރޭގައި އޮންނަ އުސޫލުތައްވެސް ބޭނުން ކުރަމުންދާނެ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތުދިނުމަށް ތައްޔާރަށް ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު މިހާރު ރާއްޖެއިން ކޯވިޑް-19 އަށް 34 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 14 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. އޭގެތެރޭގައި އެއް ބިދޭސީއަކު ހިމެނޭއިރު 13 ދިވެހިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް