މާލެ ސަރަހައްދު ލޮކް ޑައުން ކޮށްފައިވާތީ ޑެލިވަރީ ކުރަން ބޭނުންވާ ވިޔަފާރިތަކަށް ފާސް ހޯދައި ދިނުމުގައި ފުލުހުންނާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ވިޔަފާރިތަކުން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އެންގުމުން ފުލުހުންނާއި ގުޅިގެން ފާސް ހެއްދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހުއްދަ ދޫކުރެވޭ ވެހިކަލްތަކުގައި މާލޭ ނޯތް ހާބަރުގައިވާ އޮޑިދޯނި ފަހަރަށް މުދާ ފޮނުވޭނެ ކަމަށެވެ.
އީމެއިލްގައި ފޮނުވަން ޖެހޭ މައުލޫމާތުތައް:
ވިޔަފާރީގެ ނަން
ޒިންމާވާ ފަރާތުގެ ފުރިހަމަ ނަން، މޯބައިލް ނަމްބަރު
މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ސަރަހައްދު
ހުއްދަ ބޭނުންވާ މުވައްޒަފުންގެ އަދަދު އަދި ވެހިކަލްގެ އަދަދު
އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ފުލުހުން މިފަދަ ވިޔަފާރިތަކަށް ދެ ހުއްދައެއް ދޫކުރާނެ އެވެ. އެއީ ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޫކުރާ ހުއްދަ އަކާއި ވެހިކަލް ތަކަށް ދޫކުރާ ހުއްދަ އެކެވެ.
އެ މިނިސްޓްރީން ބުނީ ވެހިކަލްތައް ދުއްވާ ފަރާތްތަކުން ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް