އެސްޓީއޯއިން ފިހާރަތަކާއި ދޯނިތަކަށް ކާޑުގެ ބާވަތްތައް ގެންގޮސްދޭން ފަށައިފި

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތައް މާލޭގެ ކަންމަތީ ފިހާރަތަކާއި، އަތޮޅު ތެރެއަށް މުދާ އުފުލާ ދޯނި ފަހަރަށް ގެންގޮސްދޭން ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ނުރައްކާތެރި ...

18 Apr 2020 | 13:36

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތައް މާލޭގެ ކަންމަތީ ފިހާރަތަކާއި، އަތޮޅު ތެރެއަށް މުދާ އުފުލާ ދޯނި ފަހަރަށް ގެންގޮސްދޭން ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މުޅި ރާއްޖެ ބަންދުކޮށްފައި އެވެ. ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުމުގެ ހުއްދައެއް ނެތެވެ. އަދި މާލެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން މި ސަރަހައްދުގައި ދެވެނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން މިހާތަލަށް ބަދަލު އަންނަންދެން އޯޑަރުދޭ ކަންމަތީ ފިހާރަތަކާއި ދޯނިފަހަރަށް ކާޑުގެ ބާވަތްތައް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި އޯޑަރު ދީގެން ދާ ތަންތަނުގެ ކައިރީގައި ހުންނަ ފިހާރަތަކަށް ނުވަތަ ދޯންޏަށް ކާޑުގެ ބާވަތްތައް ބޭނުންވޭތޯ ބަލާ އެ ބާވަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ މި ދުވަސްކޮޅު ކޮންމެހެން ބޭނުންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތަކެވެ.

އެސްޓީއޯއިން ދަނީ ސުޕަމާކެޓްގައި ވިއްކާ ތަކެތި މާލޭގެ ފިހާރަތަކަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ދެމުންނެވެ. މިހިދުމަތަށް ބާރު ބޮޑުވެ މެދުކެނޑީފައި އޮތުމަށް ފަހު މިހާރު ޑެލިވަރީގެ ހިދުމަތްދެނީ ސިފައިންގެ އެހީތެރި ކަމާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް