ކޯވިޑް19 އަށް މާލެއިން14 ވަނަ މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއީ ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި 34 ވަނަ މީހާއެވެ އަދި މާލެއިން ޕޮޒިޓިވް ވި 14 ވަނަ މީހާއެވެ. މި މީހާއަކީ ކޭސް 27 އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ކަމަށްވެސް ބުނެފައިވެއެވެ.
މިމީހާގެ ޓެސްޓް ކުރީ އަލާމާތްތައް ފެނުމުން ކަމަށާއި މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1251466553553350657
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް