ކޯވިޑް-19 އަށް ޕޮޒިޓިވް ވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ދިރިއުޅެމުން އަންނަ ލ. ފޮނަދޫ ގެއެއް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
ކޯވިޑް-19 ލ. ފޮނަދޫ ޓާސްކްފޯހުން ބުނެފައިވާގޮތުގައި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ އެ ރަށު "ނިޝާން" ނަމަކަށް ކިޔާ ގެއެކެވެ.
އެ ގެ މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް އެ ގޭގައި ދިރިއުޅޭތީ ކަމަށާއި އެހެންކަމުން އޭނާ ޓެސްޓް ކުރެވި ނަތީޖާ ލިބެންދެން އެ ގޭގައި އުޅޭ ފަރާތްތައް ބޭރަށް ނިކުމެ ނޫޅުމަށާއި އަދި އެއްވެސް ފަރާތަކުން އެ ގެއަށް ޒިޔާރަތް ނުކުރުމަށް އެ ޓާސްކްފޯހުން ބުނެފައިވެއެވެ.
ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް އެގޭގައި ހުރި އިރު އެގޭގައި އެ ހުރި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުން އެ ޓާސްކްފޯހުގެ ހޮޓްލައިން ނަމްބަރު 7970214 އަށް ގުޅައި، އެ މައުލޫމާތު ހިއްސާ ކުރުމަށްވެސް ލ. ފޮނަދޫ ޓާސްކްފޯހުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް