ޕޮސިޓިވްވީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް މީހެއް

މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބަންގްލަދޭޝް މީހާ އަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފި އެވެ. އެ ސެންޓަރުގެ ތަރުޖަ...

18 Apr 2020 | 09:25

މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބަންގްލަދޭޝް މީހާ އަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީޑިއާގައި ވިދާޅުވީ އެމީހާ އަކީ ބަންގްލަދޭޝް މަސައްކަތު މީހެއްގެ ގޮތުގައި ލޭބާ ކުއާޓާއެއްގައި އުޅެމުންދިޔަ މީހެއް ނޫން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެއްސަކާއި އިނދެގެން އުޅޭ ބަންގްލަދޭޝް މީހެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޕޮސިޓިވްވި ބަންގްލަދޭޝް މީހާ އަކީ ކޭސް30 ވަނަ މީހާ އާއި ސީދާ ގުޅުން ހުރި މީހަކަށް ވާތީ ކޮވިޑަށް ޓެސްޓު ކުރި މީހެއް ކަމަށެވެ. އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބަންގްލަދޭޝް މީހަކު ޕޮސިޓިވްވުމާއި އެކު ގިނަ ބަޔަކު ވަނީ އެމީހާ އުޅޭތަނެއް ސާފުކޮށް އަންގައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ. އެއީ ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރާ މީހެއްތޯ ނުވަތަ ލޭބާ ކުއާޓާއެއްގައި މަސައްކަތް ކުރާ މީހެއްތޯ ބަލަން އާންމުން ބޭނުންވި އެވެ.

މިހާތަނަށް ރާއްޖެއިން32 މީހަކު ބައްޔަށް ޕޮސިޓިވްވެފައި ވާއިރު މިއީ މާލެއިން ޕޮސިޓިވްވި ފުރަތަމަ ބިދޭސީ އެވެ. މިހާތަނަށް މާލެއިން12 ވަނަ މީހާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް