މިއަދު ފާހަގަ ކުރަމުންދާ ޑޮކްޓަރުންގެ ދުވަހުގައި ފެންނަނީ އެ ޑޮކްޓަރުން ރައްޔިތުންނަށްޓަކައި ވަމުން އަންނަ ގުރުބާނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާއްމުންގެ ރައްކާތެރިކަމަށްޓަކައި ޑޮކްޓަރުން ވަމުން އަންނަ ގުރުބާނީއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ސިއްހީ މާހިރުން ރިސްކް ނަގައިގެން ކުރައްވާ މަސައްކަތްތަކަށް ދަރާފައިވާ ދަރަނި ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ދިވެހި ޑޮކްޓަރުންގެ ދުވަހު ކުރެއްވި ޓުވީޓު އަމާޒު ކުރައްވާފައިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމަށް ޑޮކްޓަރުންނަށް ކުރައްވަމުން ގެންދަވާ މަސައްކަތަށެވެ.
https://twitter.com/ibusolih/status/1251398830689415168
މިއަދުގެ މުނާސަބަތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް ވަރުބަލި ކަމެއް ނެތި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް މުޅި ގައުމު ބަލައިގެންނަ ކަމަށް ވިދާޅުވި އެވެ،
https://twitter.com/FaisalNasym/status/1251428004997107712
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް