ލޮކްޑައުންގެ މި ހާލަތުގައި ފެނާއި ޒަރޫރީތަކެތި ބަލާ ރިސޯޓްތަކުންނާއި ރަށްރަށުން އަންނަ އުޅަނދުތައް ބަނދަރުކުރަންވާނީ ހަމައެކަނި ނޯތު ހާބަރުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މާލެ އޮތީ ލޮކްޑައުންގައި ކަމަށާއި އެހެންކަމުން ފެނާއި ޒަރޫރީ ތަކެތި ބަލާ އަންނަ އުޅަނދެއްގައި ޕަސިންޖަރަކު ގެނެސްގެން ނުވާނެ ކަމަށެވެ. އަންނަންވާނީ ހަމައެކަނި އެ އުޅަނދެއްގެ ފަޅުވެރިން ކަމަށެވެ. އަދި ރަށުން ނައްޓާލުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން މިކަން އަންގާފައިވާއިރު މާލެ ސަރަހައްދު މިހާރު މިވަނީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ. މި ލޮކްޑައުންގައި މާލެ ސަރަހައްދަށް އަރާފޭބުން މިވަނީ މަނާކޮށްފައެވެ. އަދި ބޭރަށް ނިކުމެ އުޅުންވެސް މަނަލެވެ. ލޮކްޑައުންގެ ހާލަތު ތަންފީޒު ކުރަމުން އަންނަނީ ފުލުހުންނާއި ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް