ކޯވިޑް-19: މާލެއިން ބަންގްލަދޭޝް މީހަކު ޕޮޒިޓިވް ވެއްޖެ

މާލެއިން ބަންގްލަދޭޝް މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސެއްގެ (ކޭސް30)ގެ ޑައިރެކްޓް ކޮންޓެކްޓްވި ބަ...

18 Apr 2020 | 07:07

މާލެއިން ބަންގްލަދޭޝް މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސެއްގެ (ކޭސް30)ގެ ޑައިރެކްޓް ކޮންޓެކްޓްވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތް ފެނި ހެދި ޓެސްޓްގެ ނަތީޖާ މިވަނީ ޕޮޒިޓިވް ވެފައެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި 32 ވަނަ މީހާއެވެ. މާލެއިން ޕޮޒިޓިވްވި 12 ވަނަ މީހާއެވެ. އަދި ރާއްޖޭގައި ޕޮޒިޓިވްވި ބަންގްލަދޭޝްގެ ފުރަތަމަ މީހާއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1251406747207561217

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް