މާލެއިން ކޯވިޑް-19 އަށް10 ވަނަ މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ދެންމެ ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއީ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 30 ވަނަ މީހާ (ކޭސް30) އެވެ. އަދި މި މީހާއަކީ (ކޭސް27) އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ކަމަށާއި މި މީހާގެ ފަރާތުން އަލާމާތްތައް ފެނި ޓެސްޓް ހެދި އިރު ނަތީޖާ ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1251387602919231492
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް