ޑެލިވަރީ ކޮށްދިނުމުގައި އެހީވާނެ ވޮލެންޓިއަރުން ހޯދަނީ

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ފިހާރަތަކުން އެއްޗެހި ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގައި ހަރަކާތްތެރިވާނެ ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފި އެވެ. ޔޫތް މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި...

18 Apr 2020 | 02:57

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ފިހާރަތަކުން އެއްޗެހި ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގައި ހަރަކާތްތެރިވާނެ ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ޔޫތް މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި ބުނެފައިވަނީ ފިހާރަތަށް އޯޑަރު ދޭ އެއްޗެހި ގެތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމަށް ޔޫތް މިނިސްޓްރީ އާއި އެކު މަސައްކަތް ކުރާނެ މީހުން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ނަމަ7335426 ނަމްބަރު ފޯނަށް ގުޅުމަށް އެދިފައިވެ އެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް24 ގަޑިއިރު ފިހާރަތަށް ހުޅުވައިގެން ޑެލިވަރީގެ ހިދުމަތް ދިނުމުގެ ފުރުސަތު ފުލުހުން ވަނީ ދީފައި އެވެ. އެކަމަކު އަދިވެސް ޑިމާންޑާއި އެއްވަރަށް އެ މަސައްކަތް ނުކުރެވޭތީ ސަރުކާރުން ގެންދަނީ އެކަންކަން ފަސޭހަ ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހޯދަމުންނެވެ.

އެގޮތުން ފިހާރަތަކަށް ބޯފެނަށް އޯޑަރު ދޭ ފަރާތްތަކަށް ފެން ގެންގޮސްދިނުމުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެސްޓީއޯއިން ގަންނަ މުދާ ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭއިން އެދެނީ އެއްވެސް ބޭނުމެއްގައި ގެއިން ބޭރަށް ނުނިކުތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް