ކޯވިޑް-19: ސައޫދީގައި ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި، ފިޠުރު ޢީދު ނަމާދު ވެސް ގޭގައި

ކޮރޯނާ ވައިރަހުގެ ހާލާތު ބަދަލު ނުވާނަމަ، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި، ރަމަޟާން މަހާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހުގެ ޢީދު ނަމާދު ވެސް ގޭގައި ކުރަން ޖެހިދާނެކަމަށް އެ ގައުމުގެ ...

17 Apr 2020 | 19:19

ކޮރޯނާ ވައިރަހުގެ ހާލާތު ބަދަލު ނުވާނަމަ، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަރާވީޙް ނަމާދާއި، ރަމަޟާން މަހާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހުގެ ޢީދު ނަމާދު ވެސް ގޭގައި ކުރަން ޖެހިދާނެކަމަށް އެ ގައުމުގެ ގްރޭންޑް މުފްތީ ވިދާޅުވެއްޖެއެވެ.

" ކޮރޯނާ ވައިރަސް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، މިސްކިތުގެ ޖަމާއަތުގައި ކުރަން ފުރުސަތު ދެވެން ނެތްނަމަ، ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ގޭގައި ކުރަން ޖެހިދާނެ" ގްރޭންޑް މުފްތީ ޝެއިޙް އަބްދުލްއަޒީޒް އައް ޝެއިޙް ވިދާޅުވިކަމަށް ސައޫދީ އަރަބިޔާގެ އޮކާޒް ނިއުސްޕޭޕަރ ގައި ބުނެފައިވެއެވެ. މީގެ އިތުރުން ޢީދު ނަމާދާމެދުގައި ވެސް އެފަދައިން އަމަލުކުރަން ޖެހިދާނެކަމަށް، އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުފްތީ ވިދާޅުވިއެވެ.

އަންނަ ހަފުތާގައި ރަމަޟާން މަސް ފެށޭއިރު، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި، މިދިޔަ މާރޗް މަހުގެ މެދުތެރެއިން ފެށިގެން ސައޫދީން ވަނީ މިސްކިތުގެ ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުން ހުއްޓާލާފައެވެ.

ކޯވިޑް-19 ހުއްޓުވުމަށްޓަކައި މަޖުބުރޫވެގެން ސައޫދީން އެޅި ފިޔަވަޅުތަކާއެކު، މުސްލިމު އުންމަތުގެ ލޯތައް ކަރުނުން ތެންމާލާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތުން ވަނީ، ކުރިން އަހަރުތަކުގެ ރަމަޟާން މަހުގައި ރޯދަވީއްލުމަށް މިސްކިތުގައި ހަމަޖައްސަމުން އައި އިންތިޒާމްތައް މި އަހަރު ކެންސަލް ކުރުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް