ކޮވިޑަށް ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 79 އަހަރުގެ އަންހެނެކެވެ.
މިއާއެކު ކޮވިޑަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 65 އަށް އަރާފައެވެ.
ކޮވިޑުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރާފައިވާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،147 އަށް އަރާފައެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު 2،433ގައި ހުރި އިރު އޭގެ ތެރެއިން 121 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް