މިއަދު 186 މީހަކު ކޮވިޑަށް ފައްސިވި

މިއަދު ރާއްޖެއިން 186 މީހަކު ކޮވިޑަށް ފައްސިވި ވެއްޖެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 186 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 151 މީހަކު ޕޮޒި...

18 Mar 2021 | 17:38

މިއަދު ރާއްޖެއިން 186 މީހަކު ކޮވިޑަށް ފައްސިވި ވެއްޖެއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 186 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 151 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،147 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،433 އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކި 121 އެވެ.

ރާއްޖެއިން މިހާތަނަށް 65 މީހުން ކޮވިޑްގައި ދުނިޔެ ދޫކޮށްފައި ވެއެވެ. އަދި ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 19،642 މީހުނަށް މިބަލިން ޝިފާ ލިބިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް