އައްޑޫގައި މިއަދު ހިނގި އެކްސިޓެންޑްގައި އަނިޔާވި މީހާ ނިޔާވެއްޖެ

އައްޑޫގައި މިއަދު ހިނގި އެކްސިޓެންޑްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ. އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހާލުބޮޑުވި މީހާ ވަނީ ވެންޓިލޭޓަރ ގައި ފަރުވާ ދީފައެވެ. މި އެކްސިޑެންޓް ހިނގާފައި ...

18 Mar 2021 | 12:23

އައްޑޫގައި މިއަދު ހިނގި އެކްސިޓެންޑްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހާލުބޮޑުވި މީހާ ވަނީ ވެންޓިލޭޓަރ ގައި ފަރުވާ ދީފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު ވަގުތެއްގައެވެ.

އައްޑޫ ލިންކު ރޯޑުގެ ހަންކެޑެ ހިސާބުން އެކްސިޑެންޓުވި އަންހެން މީހާގެ ހާލު ސީރިއަސް ކަަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން އޭރު ބުނެފައި ވެއެވެ.

އެކްސިޑެންޓުގައި ނިޔާވީ ސ. ހިތަދޫ، ސަންރީފު، ފާޠިމަތު އަސްމާއަށެވެ. އަސްމާ އެކްސިޑެންޓުވެފައިވަނީ އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށްފަހު އެނބުރި އޭނާ ދިރިއުޅެމުން އަންނަ މަރަދޫފޭދޫއަށް ދަނިކޮށެވެ.

އަސްމާގެ ހާލު ސީރިއަސްކަމުން އޭރު ފަރުވާ ދެމުން ދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިމްޖެންސީ ރޫމްގައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އަސްމާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މޭކަށިގަނޑު ބިންދައިގެން ގޮސް ވާއަތު ކޮޑު ކަށިގަނޑުވެސް ބިދިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަސްމާ އެކްސިޑެންޓްވި ސަބަބު އަދި ސާފުވެފައި ނުވާއިރު މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަސްމާ ފެނުނީ ލިންކު ރޯޑުގެ އަރިމަތީގައި ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައިވަނިކޮށް ކަމަށް 'އައްޑޫ ލައިވް' އަަށް މައުލޫމާތު ދިން މީހަކު ބުނެފައި ވާ ކަމަށ އެ ނޫހުގައި ވެއެވެ.

"އެއްޗެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށް ބެލެވެނީ، އެކަމަކު އެ ސަރަހައްދުގައި އިތުރު އެއްޗެއް ފެންނާކަށް ނެތް، ހީ ނުވޭ ކަހާލައިގެން ވެއްޓިހެން އަނިޔާވެފައިވަނީ" އައްޑޫލައިވްއަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް