މަސްތުވާތަކެތީގެ އޮޕަރޭޝަންސް ތަކަށް ރާއްޖޭގައި އެކުލަވާލާފައިވާ ކުއްތާ ސްކޮޑްގައި ހިމެނޭ ޝަކީރާ ނަމަކަށް ކިޔާ ކުއްތާއެއް މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ކުއްތާ މަރުވެފައިވަނީ ބަލިވެ އުޅުމަށްފަހު މިއަދުގެ ވަގުތެއްގައެވެ. މިއީ މި ސްކޮޑުން މަރުވި ދެވަނަ ކުއްތާ ކަމުގައިވާއިރު މިހާރު އެ ސްކޮޑްގައި ބާކީ ތިބީ 15 ކުއްތާއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބެލުމުގެ ދަށުން އެކުލަވާލި ކުއްތާ ސްކޮޑުގައި ބޭނުންކުރާ ކުއްތާތަކުގެ ބައެއް ނަންތައް މީގެ ކުރިން ފުލުހުން ހާމަކޮށްފައިވެއެވެ. އެ ނަންތަކުގެ ތެރޭގައި ޝަކީރާގެ އިތުރުން ބްލެކީ، ސޭމް އަދި ޓާރާ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް