ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ (ސީއޭޕީއޭސީ) ގެ ވައިސް ޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނާޝިޒް ހޮވައިފިއެވެ.
ނާޝިޒް އެ މަގާމަށް ހޮވާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޓީގެ އާއްމު ބައްދަލުވުމުގައެވެ.
އިއްޔެ ބޭއްވުނު އެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ ނާޝިޒް ހޮވާފައިވަނީ އެ ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައެވެ. އަދި ހަމަ އެ ބައްދަލުވުމުގައި ނާޝީޒް އެ ކޮމިޓީގެ ވައިސް ޗެއާގެ މަގަމަށް ހޮވާފައިވެއެވެ.
ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް (CAPAC) އަކީ ކޮމަންވެލްތް ގައުމުތަކުގެ ޕަބްލިކް އެކައުންޓްސް ނުވަތަ އެފަދަ ކޮމިޓީތަކުން އެ ގައުމުތަކުގެ ރައްޔިތުންގެ މާލިއްޔަތު ދެމެހެއްޓުމަށާއި ޕްރޮމޯޓްކުރުމުގައި އެގައުމުތަކުގެ ރައްޔިތުންނާއި އެ މީހުން ތަމްސީލުކުރާ ޕާލަމެންޓް މެމްބަރުންނަށް އެންމެ ހަރުދަނާ އަދި މިނިވަންކޮށް ފައިދާކުރުމުގެ ބޭނުމުގައި 2015ގެ ޖޫންގައި އެފެދިގެން އައި ކޮމިޓީއެކެވެ.
މިގޮތުން 2015ގެ ނޮވެމްބަރު މަހު މޯލްޓާގައި ބޭއްވުނު ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީ ބަލައިގަތީ ގައުމުގެ މާލިއްޔަތު ހިންގުމާއި ހަރުދަނާކުރުމަކީ ރައްޔިތުންގެ އިތުބާރުލިބި ސަރުކާރާއި ގާނޫނު ހަދާ ފަރާތްތަކުގެ ތެދުވެރިކަން ދަމަހައްޓަދޭ ނެޓްވޯކެއްގެ ގޮތުގައެވެ.
CAPACގެ މައިގަޑު މަސައްކަތަކީ، ރަނގަޅު ޕްރެކްޓިސްތައް ބިނާކޮށް އާއްމުކުރުމާއި އަދި މީހުންނަށް ފޯރުކޮށްދިނުމުގައި ކޮމަންވެލްތްގެ އުސޫލުތަކާއި އެއްގޮތްކޮށް، އަދި CAPAC މެންބަރުންގެ ކޮމިޓީތައް މިނިވަން، މުސްތަގިއްލު އަދި ހަރުދަނާގޮތެއްގައި ދިއުމަށް އެހީތެރިވެދިނުމެވެ. މިގޮތުން CAPAC އިން ވަނީ ސްޓޭންޑަރޑްސް ވޯކިންގ ގްރޫޕެއް އެކުވާލައި އެ ގްރޫޕުގެ މަސައްކަތަކީ އިސްވެދެންނެވުނު ކޮމަންވެލްތުން ހިފަހައްޓާ ރަނގަޅު ޕަބްލިކް އެކައުންޓް ސްޓެންޑަރޑްސް ތައް ގާއިމުކޮށް އާއްމުކުރުމާ ހަވާލުކުރެވިފައެވެ. އަދި މިކަމުން ސަރުކާރުތަކާއި، ކޮމިޓތަކާއި އަދި ޕާލަމެންޓަށް ކޮމަންވެލްތްގެ ރަނގަޅު ޕްރެކްޓިސްތައް އެންގިގެންދާނެއެވެ. ކޮމަންވެލްތް ސްޓެންޑަރޑްގައި ހިމެނެންޖެހެނީ ޕަބްލިކް އެކައުންޓް ކޮމިޓީއައް ހިންގުމުގެ ގަވާއިދާއި އުސޫލުތައް ނުވަތަ އަތްމަތީ ފޮތެއްގެ އިތުރަށް މިނިސްޓްރީ ތަކަށް PAC ފެއްޓުމުގެ ގޮތުން ދެވޭނެ އެހީތަކާއި ކަންތައްތައް ހިމެނެންޖެހެއެވެ.
CAPACގެ ސްޓެންޑަރޑްގައި Supreme Audit Institutions ތަކުން ބަލަންޖޭ ކަންތައްތައްވެސް ހިމެނެންޖެހެއެވެ. މީގެ ތެރޭގައި އޮޑިޓް ތަކުގެ ޓޭބަލްތަކާއި ވެލިއު-ފޮ-މަނީ ރިޕޯޓްތަކުގެ އިތުރުން PAC އިން ހޯދަން އެދޭ މައުލޫމާތު ދިނުމަށް އެއްބާރުލުން ދޭންޖެއެވެ. ވޯކިން ގްރޫޕުން ވަނީ ޑިސެމްބަރު 2017ގައި ލަންޑަނުގައި ބޭއްވުނު ޖަލްސާގެ ކަންތައްތައް އެކުލަވާލާފައެވެ. CAPAC ގައި މިހާތަނަށް 40 ކޮމިޓީއިން ބައިވެރިވެފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް