ފަސް ރިސޯޓެއްގައި ވޯޓް ފޮށި ނުބަހައްޓާާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތަކަކީ ބ. ކިހާދުއްފަރު (ކިހާ މޯލްޑިވްސް)، ޅ. މަދިގުރައިދޫ (ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ)، ރ. ކޮއްޓެފަރު (ބްރެނިއަރ ކޮއްޓެފަރު)، އދ.ތެލުވެލިގާ (ޑްރިފްޓް ތެލުވެލިގާ) އަދި ދ. ދޫރެސް (އާވީ ނޭޗާރސް ޕެރެޑައިސް )އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީ ވެފައި ވާތީއެވެ.
މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި އިލެކްޝަންސް އިން ބުނެއެވެ.
އެހެންކަމުން އެ ފަސް ރިސޯޓުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް