ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ މިއަދު ފަށަނީ !

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބައްދަލުކުރުމުގެ މަޝްވަރާތައް މިއަދު ފަށަން ނިންމައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދި...

18 Mar 2021 | 06:43

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބައްދަލުކުރުމުގެ މަޝްވަރާތައް މިއަދު ފަށަން ނިންމައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ ރައީސް ޔާމީންގެ އާއިލާއިންނެވެ.

މިކަމަށް ރަސްމީ ކޮމެންޓެއް ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އާއިލާގެ ފަރާތުން އެފަދަ ރިކުއެސްޓެއް ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާ ފަށާފައިވޭތޯ ނުވަތަ މިއަދު ފަށާނޭތޯ އެހުމުން ހަފްސީ އެކަމަށް ކޮމެންޓެއް ނުކުރައްވައެވެ.

ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި އެމަޝްވަރާގެ އާލީ ސްޓޭޖް މިއަދު ފަށާނެއެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެކަމަށް ގޮތެއް ނިންމުން އެކަށީގެންވެއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް