އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ވެންޓިލޭޓަރ ގައި ފަރުވާ ދޭން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު ވަގުތެއްގައެވެ.
އައްޑޫ ލިންކު ރޯޑުގެ ހަންކެޑެ ހިސާބުން އެކްސިޑެންޓުވި އަންހެން މީހާގެ ހާލު ސީރިއަސް ކަަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ބުނެއެވެ.
އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުންދަނީ ސ. ހިތަދޫ، ސަންރީފު، ފާޠިމަތު އަސްމާއަށެވެ. އަސްމާ އެކްސިޑެންޓުވެފައިވަނީ އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށްފަހު އެނބުރި އޭނާ ދިރިއުޅެމުން އަންނަ މަރަދޫފޭދޫއަށް ދަނިކޮށެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިމްޖެންސީ ރޫމްގައި އަސްމާއަށް ފަރުވާ ދެމުން ދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އަސްމާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މޭކަށިގަނޑު ބިންދައިގެން ގޮސް ވާއަތު ކޮޑު ކަށިގަނޑުވެސް ބިދިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އަސްމާ އެކްސިޑެންޓްވި ސަބަބު އަދި ސާފުވެފައި ނުވާއިރު މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް