މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގައި އަންހެން ކަނބަލުންގެ ހިތްވަރު ދައްކަމުން ދާ ކަމަށް، ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މިލަންދޫ މަގު ހެދުމުގެ މަސައްކަތުގައި އެރަށު ކަނބަލުންގެ ބައިވެރިވުން ފެނިގެންދާ ފޮޓޯ ހިއްސާކުރަމުން މޫކޭ ބުނީ، ދިވެހިންނަށް ބޭނުމީ ފުރުސަތު ކަމަށެވެ.
https://twitter.com/VMookey/status/1371848882024558598
މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކަށް ބޭނުންވާ ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ. މީގެ އިތުރުން ހުރަވީ މަގާއި ޤާޒީ މަގުގެ ސައިޑްވޯކް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ތެރޭގައި، ހޮޅި އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އާރްޑީސީ އިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން 5.58 ކިލޯމީޓަރުގެ މަގު ހެދިގެން ދާނެއެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމުގެ އިތުރުން ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ އަގަކީ 156،477،632.23 ރުފިޔާއެވެ. އަދި މިއީ މަޝްރޫޢަކީ 520 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މިލަންދޫ މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްފައި ވަނީ 2020 މާރޗް 12 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް