ދެ ވަނަ ލެގް މެޗުގައިވެސް، ލާޒިއޯގެ މައްޗަށް 1-2 ގެ ނަތީޖާއިން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން އަދި ޔޫރަޕްގެ ޗެމްޕިއަން ބަޔާންމިޔުނިކް ޖާގަ ހޯދައިފި އެވެ.
އެތްލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކޮށް ޗެލްސީ ވެސް ވަނީ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްއަށް ދަތުރު ކޮށްފަ އެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބަޔާންއިން ލާޒިއޯގެ މައްޗަށް ކުރި ހޯދީ 1-4 ގެ ނަތީޖާއިންނެވެ. ރޭ ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ލާޒިއޯގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއިންނެވެ. އެހެން ކަމުން ބަޔާން ކްއާޓާ ފައިނަލަށް ދަތުރު ކުރީ 2-6 ގެ އެގްރިގޭޓުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ރޮބަޓް ލެވެންޑޯސްކީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބަޔާންއިން މެޗުގެ ލީޑް ނެގި އެވެ. ބަޔާންގެ ދެ ވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ކުޕޯ މޯޓިން އެވެ. ލާޒިއޯއިން މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕަރޯލޯއެވެ.
އެތްލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ޗެލްސީ ކުޅުނު ފުރަތަމަ ލެގް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. ދެވަނަ ލެގުގެ މެޗު ރޭ އެޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހަކީމް ޒިޔެޗް އެވެ. އޭނާ ލަނޑު ޖެހީ ޓިމޯ ވާނާ ތަނަވަސް ކޮށްދިން ހުސް ފުރުސަތަކުންނެވެ. ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެމަސަން އެވެ. ޗެލްސީ ކުއާޓާ ފައިނަލަށް ދަތުރުކުރީ 0-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް