ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް އިންސައްތަ ވެސް ދަށް

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ ދަށް ވެއްޖެއެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހ...

18 Mar 2021 | 03:54

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ ދަށް ވެއްޖެއެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެއިތުރުން، ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15 އިންސައްތަ ވަނީ ދަށްވެފައި ކަމަށާއި، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 256 މިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީ އިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަިވާއިރު ޗައިނާ އިން 381 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައި ވެއެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 397 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 239 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 40 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 38 އިންސަައްތަ ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް