ކޯވިޑް-19: ސެނިޓައިޒަރ އާއި މާސްކުގެ ޑިއުޓީ މާފުކޮށްދެއްވައިފި

ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރި، މި ވައިރަސް މިހާރު ރާއްޖެއިންވެސް ފެނިފައިވާއިރު، މިދުވަސްވަރު އެންމެ ގިނައިން މީހުން ބޭނުންވާ ބައެއް ތަކެތި ކަމުގައިވާ ސެނެޓައިޒާއާއި މާސްކުގެ ޑިއުޓީ ރައީސް އިބްރާހި...

18 Mar 2020 | 17:51

ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރި، މި ވައިރަސް މިހާރު ރާއްޖެއިންވެސް ފެނިފައިވާއިރު، މިދުވަސްވަރު އެންމެ ގިނައިން މީހުން ބޭނުންވާ ބައެއް ތަކެތި ކަމުގައިވާ ސެނެޓައިޒާއާއި މާސްކުގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފުކޮށްދެއްވައިފިއެވެ.

އެގޮތުން ކަސްޓަމްސުން ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކޮށްފައިވާއިރު މި މުއްދަތުގައި، އަމިއްލަ ވިޔަފާރިތަކުން ރާއްޖެ އެތެރެކުރާ މާސްކާއި ސެނިޓައިޒާއިން ޑިއުޓީއާއި އެފަދަ ތަކެތިން ނަގާ ޕްރޮސެސް ފީ މާފުކޮށްދެއްވަން ރައީސް ނިންމަވާފައިވާކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައިމިވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މިއަދާ ހަމައަށް، ސާޖިކަލް މާސްކްގެ ޑިއުޓީ އަށް ކަސްޓަމްސް އިން ނަގަމުން އައީ 15 ޕަސެންޓެވެ. ސެނިޓައިޒާގެ ޑިއުޓީ އަށް ނެގީ 10 ޕަސެންޓެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިވަގުތު ވިލިވަރު ކަރަންޓީނުގައި 25 މީހަކު އެބަތިއްބެވެ. ފަރުކޮޅުގައި އެކަހެރިކޮށްފައި 15 މީހަކު އެބަތިއްބެވެ. އަދި ހުޅުލޭގައި ކަރަންޓީނުކޮށްފައި 57 މީހަކު އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް