ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާޢްޖޭގެ އިގްތިސޯދު ހީނަރުވެ ކުންފުނި އަޑިއަޅާލިޔަސްް މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށް ރާއްޖޭގ މަޝްހޫރު ސިމްޑީ ކުންފުނީގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ދީދީ) ވިދާޅުވެއްޖެ އެވެ.
އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކުރަމުންދާ މިދަނޑިވަޅުގައި އަމިއްލަ ކުންފުނިތަކުން ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަވެސް ކުޑަ ކުރަމުންދާ ކަމަށެވެ. ދީދީ ވިދާޅުވީ މިއީ އުނދަގޫ ދަތި ދަނޑިވަޅެއް ކަމަށެވެ.
އެކަމަކު އޭނާގެ ކުންފުނީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އަމިއްލައަށް ރައްކާކޮށްފައި ހުރި ފައިސާ ދީގެންވެސް މުވައްޒަފުންނަށް މިހާރު ދެމުންދާ މުސާރަ ދޭނެ ހަމައަށް ދޭނެ ކަމަށެވެ. ދީދީ ވިދާޅުވެފައިވަނީ މި ވަގުތުގައި ވެސް އާއްމު އުސޫލުގެ ތެރެއިން ކުންފުނީގެ މަސައްކަތްތައް ހިންގައި ބަރާބަރަށް މުސާރަ ދިނުމަށް، ސިމްޑީ ގްރޫޕުގެ ދަށުން ހިންގާ ވިޔަފާރިތަކުގެ މެނޭޖްމަންޓަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ސިމްޑީގެ ދަށުން މައިގަނޑު ހަތަރު ވިޔަފާރިއެއް ކުރެ އެވެ. އެއީ ރިސޯޓު ސަޕްލައި އާއި ކޮންސީމާ ޕްރޮޑަކްޓާއި ބޮންޑެޑް ވެއާ ހައުސް އަދި އައްޑޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލެވެ.
ކޮރޯނާ ވައިރަސް އާއި ގުޅީގެން ބޮޑެތި އަމިއްލަ ކުންފުނިތަކުން އަންނަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވިސްނަމުންނެވެ. އެގޮތުން މިހާރުވެސް ވިލާ ގްރޫޕުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައި އެކަން އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް