އެމްޓީސީސީން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފެރީތަކާއި ބަސްތައް ޑިސް އިންފެކްޓު ކުރަން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ މި ފިޔަވަޅުގެ ދަށުން ފެރީތަކާއި ބަސްތަކުގެ އިތުރުން ޓިކެޓު ކައުންޓަރުތަކާއި ޓާމިނަލްތަކުގައި މީހުން ތިބޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރާނެ ކަމަށެވެ. އަދި މި ތަންތަނުގައި ސެނެޓައިޒާ ބަހައްޓާފައިވާނެ ކަމަށް ބުނެ އެވެ.
އެ ކުންފުނިން ބުނީ ބަހާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ޑަބްލިއުއެޗްއޯއާއި އެޗްޕީއޭގެ އިރުޝާދުތަކަށް އަހުލުވެރި ކުރުވުމަށް މައުލޫމާތު ދޭނެ ކަމަށެވެ. ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުން އެޗްޕީއޭގެ ގަވައިދުތަކަށް އަމަލު ކުރޭތޯ ވެސް އެ ކުންފުނިން ޔަގީން ކުރާނެ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުން ހޭލުންތެރިކުރުވުމަށް މާލެ ސަަރަހައްދުގެ ފެރީ އާއި ބަހުގެ ހިދުމަތްތައް ދިނުމަށް އުޅޭ މުވައްޒަފުންނަށް ޓްރެއިން ސެޝަންތަކެއް ކުރިޔަން ގެންދާނެ އެވެ. އަދި އަތޮޅު ތެރޭގައި ހިދުމަތްދޭން ތިބި މުވައްޒަފުންނަށް ފޯނު މެދުވެރިކޮށް މައުލޫމާތު ދޭނެ އެވެ.
އެ ކުންފުނިން ބުނީ އެމްޓީސީސީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ85 ޕަސެންޓަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް