އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް އިއުލާންކޮށްފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ފެނިފައިވާތީ އެކަމައް އެޅިފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން ...

18 Mar 2020 | 10:29

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ފެނިފައިވާތީ އެކަމައް އެޅިފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މި މުއްދަތުގައި  އެމްއެމްއޭއިން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް އިޢުލާންކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ 19، 23 އަދި 26 ގައިކަމަށެވެ.

މި ދުވަސްތަކުގައި މި އޮތޯރިޓީން އާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 09:30 އިން 11:30 އަށް.
  • ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް: ހެނދުނު 09:30 އިން 11:00 އަށް،
  • ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާއްމު ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތިބަލައިގަންނާނީ [email protected]  މެއިލް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް