ކޯވިޑް-19: ސަރުކާރު މުވައްޒަފުން ބޭރަށް ނުކުމެ ނޫޅުމަށް އަންގައިފި

ސަރުކާރު މުވައްޒަފުން މުހިންމު ބޭނުމަކު ނޫން ގޮތުގައި ބޭރަށް ނުކުމެ ނޫޅުމަށް ރައިސް އޮފީހުން އަންގައިފި އެވެ. ރައީސް އޮފީހުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުކުރެއްވުމުގެ އެން...

18 Mar 2020 | 08:39

ސަރުކާރު މުވައްޒަފުން މުހިންމު ބޭނުމަކު ނޫން ގޮތުގައި ބޭރަށް ނުކުމެ ނޫޅުމަށް ރައިސް އޮފީހުން އަންގައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ އިޖުތިމާޢީ ގައިދުރުކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، މުހިންމު ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާކަމަށެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް އެންގި ނަމަވެސް ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަން ރައީސް ވަނީ އަންގަވައިފަ އެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، ބޭންކިން، ފެނާއި ނަރުދަމާ ކަރަންޓު، ސިއްހީ ހިދުމަތް، ބްރޯޑްކާސްޓިންގެ ހިދުމަތް، ވައިގެ ދަތުރުފަތުރު، ސިފައިންނާއި ފުލުހުން، ކޯޓުތަކުގެ ހިދުމަތް، ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބެލެހެއްޓުން ފަދަ ކަންކަމެވެ. މީގެ އިތުރުން ޖަލުތަކާއި ރަށް ކުނިކަހާ ބެލެހެއްޓުމާއި މޫސުމާއި ބެހޭ ހިދުމަތްތައް ފަދަ އެއްވެސް ހިދުމަތެއް މެދުކެނޑުމެއް ނެތި ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހެ އެވެ.

މި ހިދުމަތްތައް ދިނުމަށް ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުންނާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރެން ވަނީ ރައީސް ވަނީ އަންގަވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް