ކޮރޯނާ ވައިރަސް އާއި ގުޅިގެން ގޭގަ ތިބުމަށް ބާރު އެޅުމަށް ސަރުކާރު ބަންދު ކުރާތީ އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ ޓެލި ކިލާސްތަކާއި އޮންލައިންކޮށް ކިޔަވައި ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
ސަރުކާރުން ނިންމާފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ26 ގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށެވެ. އެއީ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ބާރު އަޅައި ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ޔެސް ޓީވީ މެދުވެރިކޮށް ކުރިޔަށް ގެންދާ ޓެލި ކިލާސް ޕްރޮގްރާމާއި އޮންލައިން ކޮށްް ކިޔަވައި ދިނުމަށް ކުރަމުންދާ މަސައްކަތްތައް ނޯންނާނެ ކަމަށެވެ.
ކުރިޔަށް މިއޮތް ބަންދު ދުވަސްތަކުގައި ބޭރަށް ނުދިއުމަށާއި ދީނީ ކަންކަމަށް ކުދިން އަހުލުވެރި ކުރުވާ، ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ކުދިންގެ އުމުރާއި އެއްގޮތަށް ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ސްކްރީނިން ވަގުތުތައް މަދުކޮށް ފޮތް ކިޔުމަށް އަހުލުވެރި ކުރުމަށް ބެލެނިވެރިންނަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ސަރުކާރު ބަންދު ކުރުމުގެ ކުރިން ސްކޫލްތައް ވަނީ ކުރިޔަށް އޮތް ހަފްތާާއަށް ބަންދުކޮށްފައި އެވެ. އަދި ޔުނިވާސިޓީ ކޮލެޖުތައްވެސް ދެ ހަފްތާއަށް ވަނީ ބަންދުކޮށްފައި އެވެ.
މި ފިޔަވަޅުތައް އެޅީ ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް