މާޗް މަހުގެ މުސާރަ ދޭއިރު އިތުރު ގަޑީގެ ފައިސާއާ އިނާޔަތްތައް ލިބޭނެ

މި ހިނގާ މާޗް މަހުގެ މުސާރަ މުވައްޒަފުންނަށް ދޭއިރު އިތުރު ގަޑީގެ ފައިސާ އާއި އިނާޔަތްތަކާއި އެކު ބަރާބަރަށް މުސާރަ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އިއްޔެ ފިނޭން...

18 Mar 2020 | 08:08

މި ހިނގާ މާޗް މަހުގެ މުސާރަ މުވައްޒަފުންނަށް ދޭއިރު އިތުރު ގަޑީގެ ފައިސާ އާއި އިނާޔަތްތަކާއި އެކު ބަރާބަރަށް މުސާރަ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޯޓީ ފައިސާ އާއި، މުސާރައާއި އިނާޔަތްތަކުން އުނިކުރާ ގަޑީލާރީގެ ފައިސާ މި މަހުގެ މުސާރައިގައި ނުހިމެނުމަށެވެ. އަދި އެ ފައިސާ އުނިއިތުރު ކުރާނެ ގޮތްތައް މިނިސްޓްރީއިން ފަހުން އަންގާނެ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

މިނިސްޓަރު އަމީރު މީޑިއާގައި ވިދާޅުވީ މިމަހުގެ އިތުރުގަޑީގެ ފައިސާ ސަރުކާރު ބަޖެޓުން މުސާރަދޭ ހުރިހާ މުވައްޒަފުންނަށް ދޭނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ވީހާވެސް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި އެވެ. އެގޮތުން އެއް ބިލިއަން ރުފިޔާ ބަޖެޓުން ބާކީކޮށް ބަޖެޓުން ހަރަދުކޮށްގެން ކުރާ ދަތުރުތަކާއި، މަރާމާތުތައް ހުއްޓާލުމަށް ނިންމާފައިވެ އެވެ.

އަދި ސިޔާސީ މުވައްޒަފުންގެ މުސާރައިން20 ޕަސެންޓު ކުޑަކުރުމަށް ނިންމާފައިވެ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކިތަންމެ ބޮޑު ދައްޗަކާއި ކުރިމަތިވިޔަސް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް