އިންތިހާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުންވެސް ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު ފަސް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައި ނަގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހުށަހ...

18 Mar 2020 | 07:36

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު ފަސް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައި ނަގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. ހައި ކޯޓުން އެ މައްސަލަ ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއް ކަމުން އަވަސް ނިޔާއެއް ބޭނުންވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުން ނަގައި މަޖިލީހަށް ހުށަހަޅަން ނިންމީ އެ މައްސަލައިގަ މަޖިލީހަށް ހައްލެއް ހޯދައި ދެވިދާނެ ކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރޭ ވިދާޅުވެފައިވާތީ ކަމަށެވެ.

https://twitter.com/ElectionsMv/status/1240152579977461761

ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ އިންތިހާބު ފަސްކުރުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމަށެވެ. އެކަމަކު އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ ބާރު އީސީއަށް ދިނުން ރައްޔިތުން އެކަމާއި މެދު ހިތް ހަމަ ނުޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓު ނެގުން އޭޕްރިލް ހަތަރު ވަނަ ދުވަހަށް ތާވަލް ކުރުމަށް ފަހު18 ވަނަ ދުވަހަށް ލަސްކުރީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުންނެވެ. އެކަމަކު ފަހުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު ބުނީ ކުއްލި ހާލަތު އުވާލާ ދުވަހުން ފެށިގެން އޭޕްރިލް18 އާއި ހަމައަށް ކެމްޕެއިން ކުރުމަށް ވަގުތު ނޯންނާނެ ކަމަށެވެ.

އެހެންވެ ތާރީހު ފަސް ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ މަދުވެގެން30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅައި ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް