ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 މިހާރު ރާއްޖެއިން ވެސް ފެނިފައި ވުމުން، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބައެއް މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.
އެމްއޭސީއެލްއިން ބުނީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި ސިއްހީ ގޮތުން ބަލަން ޖެހޭ މުވައްޒަފުންނަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބަލީގެ އަލާމަތްތަކާއި މާބަނޑު މުވައްޒަފުންނާއި ސިއްހީ ގޮތުން އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމާފައިވާ ކަމަށެވެ. ޗުއްޓީ ދޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ލިބޭނެ ކަމަށް ބުނެ އެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވައިވާ 13 މީހަކު މިހާރު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އަދި މި ބައްޔަށް މިހާތަނަށް މުޅި ދުނިޔެއިން 198،400 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން 82،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 7،987 މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް