އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކު ޖޯއްޔެއްގައި މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިކަން ރިޕޯޓު ކުރީ މިއަދު ހެނދުނު6:15 ހާއިރު އެވެ. މިހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި އެވެ.
މި ހާދިސާގައި މަރުވެފައިވަނީ58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް