ކޯވިޑް-19: ޕޮސިޓިވްވި މީހަކާއި ގުޅުން ހުރި ތިން ދިވެހިން ޓެސްޓު ކުރަނީ

ކޮރޯނާ ވައިރަސްއަށް އިތުރު ތިން ދިވެއްސަކު ޓެސްޓު ކުރަން ނިންމައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވަނީ ޕޮސިޓިވްވި މީހަކާއި ސީދާ ގުޅުން ހުރި...

17 Mar 2020 | 19:49

ކޮރޯނާ ވައިރަސްއަށް އިތުރު ތިން ދިވެއްސަކު ޓެސްޓު ކުރަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވަނީ ޕޮސިޓިވްވި މީހަކާއި ސީދާ ގުޅުން ހުރި ތިން ދިވެހިން ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އެމީހުންނަށް ގޭގައި އައިސޮލޭޓް ވުމަށް އަންގާފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

https://twitter.com/HPA_MV/status/1239986213513072640

އެކަމަކު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ފަރާތުން ޑރ. ފާތިމަތުު ނަޒްލާ ރަފީގު ވިދާޅުވީ ކުރެއްދޫއިން ޕޮސިޓިވްވި ފަރާތްތަކާއި ގުޅުން ހުރި ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އައިސޮލޭޝަންގައި ބޭތިއްބި މީހުންގެ ތެރެއިން14 ދުވަހުގެ ކަރަންޓީން ހަމަވިއިރު އަލާމާތްތައް ނުފިލާ މީހުން ކަމަށެވެ.

ކުރެއްދޫ ރިސޯޓަށް ބަލި ފެތުރުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަ އިޓަލީ މީހެއްގެ ފަރާތުންނެވެ، އެމީހާ ފަރާތުން ކުރެއްދޫ ފަސް މުވައްޒަފަކަށް ކޮރޯނާ ވައިރަސް އަރާފައިވެ އެވެ.

އެމީހުންނާއި ސީދާ ގުޅުންހުރި170 އަށްވުރެ ގިނަ ފަރާތްތައް ފާހަގަކޮށް ކަރަންޓީން ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު އޭގެ ތެރެއިން100 އަށްވުރެ ގިނަ މީހުންގެ ފުށުން ކަރަންޓީންގެ މުއްދަތު ހަމަވިއިރު އަލާމާތެއް ފެނިފައިނުވާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް