ކޮވިޝީލްޑްގެ ލޯންގް ޓާމް އެފެކްޓެއް އަތުވެދާނެ ކަމަށް އުންމީދެއް ނުކުރެވޭ: ޑރ. ޝިހާމް

މިހާރު ކޮވިޑަށް ޖަހަމުންމިދާ ކޮވިޝީލް ވެކްސިންގައި ލޯންގް ޓާޟް އެފެކްސްޓެއް އަތުވެދާނެކަމަށް އުންމީދެއް ނުކުރެވޭކަމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވެއްޖެއެވެ. އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑަކުޓަރު...

18 Feb 2021 | 17:36

މިހާރު ކޮވިޑަށް ޖަހަމުންމިދާ ކޮވިޝީލް ވެކްސިންގައި ލޯންގް ޓާޟް އެފެކްސްޓެއް އަތުވެދާނެކަމަށް އުންމީދެއް ނުކުރެވޭކަމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވެއްޖެއެވެ.

އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑަކުޓަރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ލޯންޓާމް ސައިޑް އެފެކްޓްސްގެ ވާހަކަ މިހާރު ވަރަށް ދެކެވޭ؟ ސުވާލަކީ ކޮވިޝީލްޑް ވެކްސިންގައި ހިމެނޭ މާއްދާތަކަށް ބަލައި ލޯންގް ޓާމް ސައިޑް އިފެކްޓްސް އެއްވެސް ވަރަކަށް އަންދާޒާ ކުރެވިފައިވޭތޯ؟، މި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޝިހާމް ވިދާޅުވީ އެހެން ވެކްސިންތަކާ ބަލާއިރު ޓެސްޓިން މަރުހަލާގައި ކޮވިޝީލްޑަށް މާ ގިނަ ދުވަހެއް ފުރުސަތު ނުލިބުނު ނަމަވެސް ނެރެފައިމިވަނީ ޓެސްޓެޑް ޓެކްނޮލޮޖީއެއް ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ މިފަދަ ވެކްސިން ތަކުގައި ލޯންގް ޓާމް އިފެކްޓްސްތަކުގެ ބަދަލުގައި އަންނަނީ ޝޯޓް ޓާމް އިފެކްޓްސްތައް ކަމަށެވެ. އެ ސައިޑް އިފެކްޓްސްތައް އެބަ އެނގޭ ކަމަށެވެ. އަދި ގިނަ ފަހަރަށް ލޯންގްޓާމް ސައިޑް އިފެކްޓްސްތަކޭ ބުނާ ގިނަ ކަންކަމަކީ ސާބިތުވާ ކަންކަން ނޫންކަންވެސް ޑރ. ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ލޯންގް ޓާމް އިފެކްޓެއް ނާންނާނޭ ބުނަނީ ނޫންކަމުގައިވެސް ޑރ. ޝިހާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް