ރާއްޖޭގައި މިއަދު ރެކޯޑް އަދަދަކަށް ވެކްސިން ޖަހައިފިއެވެ.
އެގޮތުން މިއަދު އެކަނި 7،818 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. މިއަދު މާލޭގައި 5،998 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި 1،820 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 64،048 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 49،836 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 14،212 މީހުންނަށެވެ.
މިއަދުގެ ނިޔަލަށް މާލޭގައި ނުވަ ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 69 ސެންޓަރެއްގައި އެވެ.
ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް