ކޯވިޑް އަދަދު މިއަދުވެސް 100 އިން މަތީގައި

ކޮވިޑަށް މިއަދު ރާއްޖެއިން 116 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 108 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހ...

18 Feb 2021 | 17:08

ކޮވިޑަށް މިއަދު ރާއްޖެއިން 116 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 108 މީހުންނާއި ރިސޯޓުތަކުން ހަތަރު މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހުންނާއި ސަފާރީތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،963 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 2،412 މީހުންނަށެވެ. މީގެ ތެރެއިން 168 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 15،863 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ58 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 18،340 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް