ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން އޮފިޝަލުން ހޯދަން އިއުލާނުކޮށްފިއެވެ.
މި އިއުލާނުގައި އިލެކްޝަންސުން ބުނެފައިވަނީ ކުރިން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލާ އަދި މި ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައިހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
"ވީމާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، [email protected]އަށް ފޮނުއްވުން އެދެމެވެ.
އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެންހުންނާނެއެވެ." އިލެކްޝަންސުން ބުނެފައިވެއެވެ.
އޮފިޝަލަކަށް ހަމަޖައްސައިފިނަމަ ލިބޭނެ އުޖޫރައިގެ ގޮތުގައި ހިމަނާފައިވަނީ
ވޯޓުލާ މަރުކަޒުގެ ވެރިޔަަކަށް ވެއްޖެނަަ 1800 ރުފިޔާ، އެހީތެރިއަކަށް 1600 ރުފިޔާ އޮފިޝަލަކަށް 1500 ރުފިޔާ، ވޯޓު ގުޅާ އޮފިޝަލަކަށް 1200 ރުފިޔާ، ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ އަދި ކިއު ސުޕަވައިޒަރަކަށް 1000 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް