މަޝްރޫއުތަކެއް ފެށުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަނކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވަން ހަމަޖައްސައިފި އެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ...

18 Feb 2021 | 14:12

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަނކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވަން ހަމަޖައްސައިފި އެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަތުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20-21 އަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ޖައިޝަންކަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ބައްދަލު ކުރައްވާނެ އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު އަދި ޕްލޭނިން މިނިސްޓަރާއި އާއެކު ޖޮއިންޓް މީޓިންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

ޖައިޝަންކަރު ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ 2019 ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ފަސް ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް