ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފައިވާގޮތުގައި ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު 17 ފެބްރުއަރީގައި ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އައްޑޫ ސިޓީގައި މިހާރު އޮތް އޭވިއޭޝަން ކްލަސްޓާއާއި ގުޅުންހުރި ބަޔަކު ޕޮޒިޓިވް ވުމުން މީގެ ކުރިން ތިނަދުއަށް އަރާފޭބުން މަނާކޮށްފައިވެއެވެ. ނަމަވެސް މިހާރު ވަނީ އެ ހާލަތު އުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް