އައިޔޫއެމްއެސްޔޫގެ ޚަބަރުތައް ގެނެސްދިނުމަށް "ދުވަސް" އޮންލައިންއާއިއެކު އެއްބަސްވުމަކަށް

އިސްލާމިކް ޔުނިވާސިޓި އޮފް މޯލްޑިވްސް ސްޓޫޑެންޓް ޔޫނިއަން (އައިޔޫއެމްއެސްޔޫ) ގެ ހަބަރުތައް ގެނެސްދިނުމަށް "ދުވަސް" އޮންލައިންއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި އައިޔޫއެމް...

18 Feb 2021 | 11:20

އިސްލާމިކް ޔުނިވާސިޓި އޮފް މޯލްޑިވްސް ސްޓޫޑެންޓް ޔޫނިއަން (އައިޔޫއެމްއެސްޔޫ) ގެ ހަބަރުތައް ގެނެސްދިނުމަށް "ދުވަސް" އޮންލައިންއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އައިޔޫއެމްއެސްޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔޫނިއަންގެ މީޑިއާ ކޯޑިނޭޓާ އަލީ ރިމާހުއެވެ. އަދި "ދުވަސް" އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އޮންލައިންގެ މެނޭޖިން އެޑިޓަރު އަޒްމީ އަލީ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، އައިޔޫއެމްއެސްޔޫގެ މީޑިއާ ކޯޑިނޭޓަރު ރިމާހު ވިދާޅުވީ މިއީ އެ ޔޫނިއަންގެ މީޑިއާއަށް ލިބެންދިޔަ ވަރައް ރަނގަޅު ފުރުސަތެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އައި.ޔޫ.އެމް.އެސް.ޔޫގެ ހަރަކާތްތައް އާންމުންނާއިހަމައަށް ފަސޭހަކަމާއެކު ފޯރާނެކަމަށެވެ.

އަދި ދުވަސް އޮންލައިންގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ، އައިޔޫއެމްއެސްޔޫ ފަދަ ޖަމްއިއްޔާތަކަކީ ދަރިވަރުންގެ ލާބައާއި މުޖްތަމައުގެ ލާބައަށް މަސައްކަތް ކުރާ ފަރާތްތަކެއްކަމުން، މިފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އެ އޮންލައިނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އައިޔޫއެމްއެސްޔޫއިން ހިންގާ ހަރަކާތްތަކާއި، ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދުވަސް އޮންލައިންގައި ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ބޭނުމަކީ އައިޔޫއެމްގެ ދަރިވަރުންގެ ގުޅުމުން ކުރަމުންދާ މަސައްކަތްތައް ތާޒާކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް