ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާ ދޭން ރާވައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރި މައްސަލައިގަ ދައުވާ އުފުލާފައިވާ އަށް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރި މީހުންނާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެމީހުން ޝަރީއަތް ނިމެންދެންދެން ބަންދު ކުރީ މި މައްސަލައިގަ ހިމެނޭ މީހުންގެ ބަންދު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކަމަށެވެ. ޝަފީއު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިނުމަށް ދައުލަތުން އެދުނީ އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެފާނެތީ ކަމަށެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ
– އަބްދުﷲ ޝަރީފް، 34، ތ. ތިމަރަފުށި/ ފެހިވިދުވަރު
– އަހުސަން މުހައްމަދު، 32، ތ. ތިމަރަފުށި/ ކެނެރީގެ
– އަލީ މުނީޒު، 28، ތ.ތިމަރަފުށި/ ކެނެރީގެ
– މުހައްމަދު އާސިރު، 34، ތ. ތިމަރަފުށި/ އަސުރުމާގެ
– އަލީ އަރުހަމް މުހައްމަދު، 18، ރ. ކަނދޮޅުދޫ/ ފެހިވިލާ
– ޝަމާހް ޝަރީފް، 20، ތ. ތިމަރަފުށި/ ސައިމާ
– އިބްރާހިމް ލޫތު، 21، ނ.ކުޑަފަރި/ ރޯޒްމީޑް
– އަބްދުﷲ އިމާދު، 29، ރ. މަޑުއްވަރި/ ބީޗް ހައުސް
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މި އަށް މީހުންނާއި ދެކޮޅަށް ދައުލަތުން 20 ދައުވާއެއް އުފުލާފައިވެ އެވެ.
އެމީހުން ވަނީ ތިމަރަފުށީ ސްކޫލް ގޮއްވާލަން ރާވައި އެ ސްކޫލްގެ ލެބޯޓަރީ ފަޅާލައި އެތަނުގައި ހުރި ކެމިކަލްތަކެއް ވަގަށް ނަގާފައި އެވެ. އަދި ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް ކުޑަކުދިންނަށް ކްލާސްތައް ހިންގައިން އޮންލައިންކޮށް ކިޔަވައިދޭފައިވެ އެވެ.
އަދި އެމީހުން ދުއްވާ ލަނޑާ ނަގާ ދޯންޏަކުން ބޮމެއް ހެދުމަށް ބޭނުންވާ ސާމާނު ފުލުހުން ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް