35 އަހަރުން މަތީގެ މީހުންނަށް މާލޭގައި ވެކްސިން ދޭން ފަށައިފި

އުމުރުން35 އަހަރުން މަތީގެ މީހުންނަށް މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެެމެދުގެ މީހުންގެ ތެރެއިން ހައިރިސްކު ކެޓަގަރީގެ މީ...

18 Feb 2021 | 09:45

އުމުރުން35 އަހަރުން މަތީގެ މީހުންނަށް މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެެމެދުގެ މީހުންގެ ތެރެއިން ހައިރިސްކު ކެޓަގަރީގެ މީހުންނަށް ކޯވިޑް ވެކްސިން ދެމުންދާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން 35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައި ރިސްކު ކެޓަގަރީގައި ހިމެނެނީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހިފައިވާ ބަލިތައްޖެހިފައވާ މީހުންނެވެ. ކޯވިޑްގައި އެންމެ ނުރައްކާތެރި ހާލަތަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ސެންޓަރުތަކަށް ގޮސްގެން ވެކްސިން ޖެހުމަށް ދަތިވާ މީހުންނަށް އެޕޮއިންޓްމެންޓް އުސޫލުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި ވެކްސިން ޖަހައިދިނުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެޕޮއިންޓްމެންޓު ހައްދަން ގުޅަން ޖެހެނީ އެޗްޕީއޭގެ ހޮސްޓަލައިން 1676 އަށެވެ.

އެޗްޕީއޭއިން މި އުމުރުފުރާގެ ފަރާތްތަކުން ޕޯޓަލްގައި ރެޖިސްޓްރީ ނުކޮށް ވާނަމަ އައިޑީކާޑާއި އެނޫންވެސް ސިއްހީ ގޮތުން ބޭނުންވާނެ ލިޔެކިޔުންތައް ހިފައިން ވެކްސިން ސެންޓަރަށް ދިޔުމުން ރެޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

ވެކްސިން ސެންޓުތައް ހުންނަނީ މާލޭ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކް އަދި ވިލިމާލޭ ޒުވާނުުންގެ މަރުކަޒުގައި އެވެ.

ރާއްޖޭގެ މިހާތަނަށް ކޯވިޑް ވެކްސިން 56،218 މީހުންނަށް ވަނީ ޖަހާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް