ކޯވިޑް-19 ވެކްސިން ދެ ޑޯޒު ހަމަކުރާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެމެރިކާއިން ހަމަޖައްސައިފި އެވެ.
އެމެރިކާގެ ފެޑެރަލް ގައިޑްލައިންސްތަކަށް ގެނެސްފައިވާ ބަދަލުގައި ބުނެފައިވަނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ މީހުން ޕޮސިޓިވް މިހަކާއި ކޮންޓެކްޓު ވިޔަސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު މިގޮތަށް އަމަލު ކުރެވޭނީ ވެކްސިން ދެ ޑޯޒު ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުންނެވެ.
އެމެރިކާގެ ސެންޓާ ފޯ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ބުނެފައިވަނީ ވެކްސިން އިން އަލާމަތްތައް ފެންނަ ސިމްޕްޓޮމެޓިކް ބަލިކަމުން ރައްކާތެރިކޮށްދިނަސް އޭސިޕްމްޓޮމެޓިކް އިން ރައްކާތެރިވެވޭކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން ކޯވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، މާސްކުއެޅުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުން ހިމެނެ އެވެ. އަދި ގިނަ ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު ނިވާކުރުން ހިމެނެ އެވެ.
އެމެރިކާގައި ދުވާލެއްގެ މައްޗަށް 1.7 މިލިއަން މީހުން ވެކްސިން ޖަހައެވެ.
އެމެރިކާގައި ބޭނުންކުރަނީ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް