ގެއްލިފައިވާ އެއްޗެއް ހޯދުމަށް ކިޔާ ދުޢާ

ހަނދާންނެތިގެން ލެވުނު ތަނެއް ނުއެނގުމުން ނުވަތަ އެ ނޫންވެސް ގޮތަކުން އެއްޗެހި ގެއްލުމަކީ ވަރަށް އާންމުކަމެކެވެ. އަދި ޚާއްޞަކޮށް އަގު ބޮޑެތި ތަކެތި ގެއްލުމުން އެކަމާ ވަރަށް ހިތާމަވެސް ކުރަން ޖެހެއެވެ....

18 Feb 2021 | 08:28

ހަނދާންނެތިގެން ލެވުނު ތަނެއް ނުއެނގުމުން ނުވަތަ އެ ނޫންވެސް ގޮތަކުން އެއްޗެހި ގެއްލުމަކީ ވަރަށް އާންމުކަމެކެވެ. އަދި ޚާއްޞަކޮށް އަގު ބޮޑެތި ތަކެތި ގެއްލުމުން އެކަމާ ވަރަށް ހިތާމަވެސް ކުރަން ޖެހެއެވެ. އެހެން ނަމަވެސް މިކަމަށްވެސް ކިޔަން ވާރިދުވެފައިވާ ދުޢާއެއްވެއެވެ.

އެއްޗެއް ގެއްލިގެން އުޅޭ މީހާ ކިޔުމަށް އިބްނު އަބީޝައިބާ އެކަލޭގެފާނުގެ އަލްމުޞައްނަފްގައި އަދި އައްޠަބަރާނީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ.

މާނަ: “އެމީހެއްގެ އެއްޗެއް ގެއްލިއްޖެ މީހާ ވުޟޫކޮށް ދެރަކްޢަތް ނަމާދެއް ކުރާށެވެ. އަދި އައްތަޙިއްޔާތަށް ފަހުގައި ކިޔާށެވެ.

“بِسْمِ اللهِ يَا هَادِيَ الضَّلَالِ وَرَادَّ الضَّالَّةِ اُرْدُدْ عَلَيَّ ضَالَّتِيْ بِعِزَّتِكَ وَسُلْطَانِكَ فَإِنَّهَا مِنْ عَطَائِكَ وَفَضْلِكَ”

މާނައަކީ: “ﷲ ގެ އިސްމުފުޅުން ފަށަމެވެ. މަގުގެއްލިފައިވާ މީހުންނަށް ހިދާޔަތް ދައްކަވާ އިލާހެވެ. އަދި ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރި ކޮށްދެއްވާ އިލާހެވެ. އިބަ ﷲ ގެ ޢިއްޒަތާއި ގަދަކީރިތި ވަންތަ ކަމާއި އެކު މިއަޅާގެ ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރި ކޮށް ދެއްވާފާންދޭވެ. ހަމަކަށަވަރުން، އެތަކެއްޗަކީ އިބަ ﷲ ގެ ދީލަތިވަންތަ ދެއްވުންތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.”

އިމާމް އަލްޙާކިމް ވިދާޅުވެފައިވެއެވެ. މި ޙަދީޘްގެ ރާވީންނަކީ މަދަނީ (މަދީނާ) ގެ އިތުބާރު ހިފޭ ބޭފުޅުންނެވެ. އަދި މީގެން އެއްވެސް ބޭފުޅަކާއި މެދުގައި ޖަރަޙައިގެ ބަހެއް އައިސްފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް